Close

އައްޑޫގެ އެއްވެސް މުވައްސަސާއަކުން ވަޒީފާއިން ވަކި ކުރުމަކީ ރުހެވޭނެ ކަމެއްް ނޫން: މޭޔަރު ނިޒާރު

މިދަތި އުނދަގޫ ވަގުތު އައްޑޫގެ އެއްވެސް މުވައްސަސާއަކުން އެތަނެއްގެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަކީ ރުހެވޭނެ ކަމެއްް ނޫންކަމަށް އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރަށް ފާޑު ކިޔާކަމަށް ބުނެ ސަދަން ޓްރާންސްޕޯޓު ލިންކުގައި މަސައްކަތް ކުރާ މުވައްޒަފަކު އިއްޔެ ވަޒީފާއިން ވަކިކޮށްފައި ވަނިކޮށެވެ.

އިއްޔެ ވަޒީފާއިން ވަކިކޮށްފައިވަނީ އެސްޓީއެލްގެ ފޭދޫ އޮފީހުގައި މަސައްކަތް ކުރާ ސުޕަވައިޒަރެއް ކަމަށްވާ އިސްމާއީލް ރަޝީދު(އިއްސެ)އެވެ. އިއްސެ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ 18.1.4 އާއި ކުންފުނީގެ ކޯޑު އޮފް ކޮންޑަކްޓްސް ޕޮލިސީ އާއި ހިލާފުވެފައިވާތީ އެވެ.

ނިޒާރު ވިދާޅުވީ ވަޒީފާއަށްދާ ކޮންމެ މީހަކީ އާއިލީ ޒިއްމާ އަދާކޮށް އެތައް ބަޔަކަށް ކާންދީ، އެހީތެރިވާ މީހެއް ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެންމެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ނާއިންސާފުން ބިރު ދައްކައިގެން މުވައްޒަފުން ވަޒީފާއިން ވަކި ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީފާއިން ވަކި ކުރި ބައެއް މީހުން އަލުން ވަޒީފާދީ ބަދަލުވަނީ ދީފައެވެ.

ރައީސް ވަނީ ލިޔެލާ ފޭސްބުކް ސްޓޭޓަސް އަކާއި ހެދި މީހެއްގެ ވަޒީފާ ގެއްލިގެން ނުދާނެ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top