Close

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް އިންތިޚާބު ވެއްޖެ

ފޮޓޯ: މުހައްމަދު ވަސީމް

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު މެދުދާއިރާގެ މެމްބަރު ޕީޕީއެމްގެ އަޙުމަދު ނަރީޝް އިންތިޚާބު ވެއްޖެއެވެ.

ނަރީޝް އިންތިޚާބުވީ ޑެޕިޔުޓީ މޭޔަރެއް ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގައި ކައުންސިލްގެ 19 މެމްބަރުންގެ ތެރެއިން 12 މެމްބަރުންގެ ވޯޓް ހޯއްދަވައިގެންނެވެ. ނަރީޝްއާ ވާދަ ކުރެއްވި އެމްޑީޕީގެ މައްޗަށްގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރަށް ލިބިވަޑައިގަތީ 7 ވޯޓެވެ.

މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑި ތަމްސީލް ކުރަނީ އިދިކޮޅު ޕީޕީއެމްއިންނެވެ. ނަރީޝް ޑެޕިޔުޓީ މޭޔަރަކަށް ކުރިމަތި ލެއްވީ އިއްޔެ އޮތް އެ ޕާޓީގެ ޕްރައިމަރީގައި ކާމިޔާބު ހޯއްދަވައިގެންނެވެ. ޕްރައިމަރީގައި ނަރީޝްއާ ވާދަ ކުރެއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުއާއި ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީއެވެ.

ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރަން ޖެހެނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށްވާ އިރު، ހުވާކުރުމުގެ ޖަލްސާއަށްފަހު ޑެޕިއުޓީ މޭޔަރުގެ ވޯޓު ނަގައިފައެއް ނުވެ އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ކަނޑައަޅައި ނިންމުމަށް އަންގައިފަ އެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލުން ޑެޕިއުޓީ މޭޔަރަކު އިންތިހާބު ކުރުން ބާއްވާފައި ވަނީ މިއަދު އެވެ.

ނަރީޝްއަކީ ގއ. ކޮލަމާފުއްޓަށް ނިސްބަތްވާ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top