މިހާރު މި ދިވެހި ރާއްޖެއިން ފެނިގެން މިދަނީ މުޅި ޤައުމު ފެއިލްވަމުންދާކަމުގެ ބިރުވެރި ނިޝާނެއްކަމަށް މެޑިކަލް ޑޮކްޓަރ ޑރ. މައުރޫފް ޙުސައިން ވިދާޅުވެއްޖެ އެވެ.
ޑރ. މައުރޫފް ޙުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލާ ހިސާބަށް ގައުމުގެ ޙާލަތު މިއަދު ދިއުން މިއީ ޖުމްލަ ގޮތެއްގައި މުޅި ގައުމު ފެއިލް ވަމުންދާ ކަމުގެ ބިރުވެރި ނިޝާނެއްކަމަށެވެ.
ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލާ ހިސާބަށް ގައުމުގެ ޙާލަތު މިއަދު ހިގައްޖެއެވެ. މައިންބަފައިންނާއި، އަމަން އަމާންކަމާބެހޭ މުއައްސަސާ އާއި ޢަދުލު އިންސާފުގެ ނިޒާމްގެ އިތުރުން މިއީ ޖުމްލަ ގޮތެއްގައި މުޅި ގައުމު ފޭލް ވަމުންދާ ކަމުގެ ބިރުވެރި ނިޝާނެކެވެ. pic.twitter.com/EA5L6e47dM
— Dr. Mauroof Hussain 🇲🇻 (@drmauroof) June 22, 2021
މީގެ އިތުރުން މި ހާދިސާ އާއި ގުޅިގެން މިއަދު ޤައުމުގެ ހަލަތު ހުރި ގޮތާމެދު އެންމެންވެސް ވިސްނަން ނުވޭތޯ ޑރ. މަޢުރޫފް ވަނީ ސުވާލު ކުރައްވާފައެވެ. އަދި އެ އަނިޔާވެރިޢަމަލު ކުރި މުޖުރިމުންނަށް ޙައްޤު އަދަބު ލިބެންޖެހޭނެކަމަށްވެސް ޑރ. މައުރޫފްގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.







1 ކޮމެންޓް
މިގައުމަށްދިމާވާ ހުރިހާކަމެއްގެ ޒިންމާ މަޢުރޫފު ވެސް އުފުއްލަވަން ޖެހޭނެއެވެ. ދުވަހަކު ހިންގުމުގެ ޒިންމާދާރު ވަޒީފާއެއް އަދާނުކުރާ މީހަކު ރައީސްކަމަށް ގެންނަން މަސައްކަތް ކުރެއްވީތީއެވެ. ހަދުމަފުޅުކުރައްވަށެެވެ.