މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިޔަކަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ތ. ދިޔަމިގިލީގެ 24 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއަކަށް ކުއްލި ޞިއްޙީ މައްސަލަތަކެއް ދިމާވެގެން މިއަދު މެންދުރުފަހު 14:23 ގައި ރިޕޯޓް ލިބިފައިވާކަމަށާއި މި ހާދިސާގެ މައުލޫމާތު ލިބުމާއިއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިޔާގެ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ޞިއްޙީ މައްސަލައެއް ދިމާވެފައި ވަނީ މަސްވެރިކަން ކުރަން އުޅުނު "ނިއުމަތް" ނަމަކަށް ކިޔާ ދޯނީގައި ހުރި 37 އަހަރުގެ ދިވެހި ފަޅުވެރިޔަކަށެވެ.






