ސ. އަތޮޅު މަދަރުސާއިން މި އަހަރު ގުރޭޑް 10 ނިންމި ދަރިވަރުންނާ ހުޅުދޫ ދާއިރާގެ ކައުންސިލަރ ފައިޒުއްރަހްމާނު މިއަދު ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ދަރިވަރުންނަށް ނަސޭހަތްތެރިވުމުގެ ގޮތުން ލިބޭ ހުސް ވަގުތުތައް ހެޔޮ ގޮތުގައި ބޭނުން ކުރުމަށާއި ހުސްވަގުތުތަކުގައި ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ވަނީ ކުދިންނާއި ހިޔާލު ބަދަލުކޮށްފަ އެވެ.
ކުދިންގެ މަދަރުސީ ދައުރު ނިންމުމަށްފަހު ކުދިން ކުރިއަރައި ދިއުމަށް ފުރުސަތުތައް ފަހިކޮށްދޭން މަަސައްކަތް ކުރައްވާނެ ކަމަށާއި ހުރިހާ ކުދިންވެސް ގައުމަށާއި ރަށަށް ހިދުމަތްކޮށްދިނުމުގެ އަޒުމުގައި ކުރިއަށްދާން މަސައްކަތް ކުރުމަށް ފައިޒުއްރަހްމާނު ވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެފަ އެވެ.






