Close

ކޮވިޑް ބަލީގައި 34 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި 34 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނެކެވެ.

މިއީ ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި 208 ވަނަ މީހާއެވެ.

ރާއްޖެއިން ގިނައިން މިބަލީގައި ނިޔާވެފައި ވަނީ 60 އަހަރުން މަތީގެ މީހުންނެވެ. 10 އަހަރުގެ ކުޑަކުއްޖަކުވެސް މިބަލީގައި ނިޔާވެފައިވާއިރު، ނިޔާވި އެންމެ ޒުވާން މީހާގެ އުމުރަކީ 25 އަހަރެވެ.

ކޯވިޑް ބަލީގައި އިތުރު މިހަކު ރާއްޖެއިން ނިޔާވެފައިވާއިރު، ރާއްޖޭއިން މިހާތަނަށް 72،466 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 4،362 މީހުން ތިބިއިރު، މިހާތަނަށް 67،886 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 41 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top