ގއ. ކޮލަމާފުށިން އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކޮލަމާފުށި ހެލްތް ސެންޓަރުން ބުނެފައިވަނީ އެރަށުން މިއަދު ޕޮޒިޓިވްވި 2 މީހުންނަކީ ކަރަންޓީނުގައި ތިބި މީހުންނެވެ. އެގޮތުން ޕޮޒިޓިވްވެފައިވަނީ މާލެ އިން އެ ރަށަށް ދިޔުމަށްފަހު ކަރަންޓީނުކުރެވުނު ފަރާތަކާއި، "ގުރުވަ" ނަމަކަށް ކިޔާ ދޯނިން ފެނުނު ޕޮޒިޓިވް ކޭސް އާ ގުޅިގެން ޑައިރެކްޓް ކޮންޓެެކްޓެއްގެ ގޮތުގައި ފާހަގަވެ ކަރަންޓީނުކުރެވުނު އެ ދޯނީގެ ފަޅުވެރިއެކެވެ.
މި ޕޮޒިޓިވް ކޭސް އާއި އެކު އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 4 އަށް އަރާފައި އެވެ. އެރަށުން ފުރަތަމަ ފައްސިވެފައިވަނީ ކޫއްޑޫގައި ކޭޝިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އެރަށު މީހެެކެވެ.






