Close

އައްޑޫ ސިޓީ ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފި

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫގައި އިއުލާންކޮށްފައިވާ ކާފިއު ވަގުތު ކުރުކޮށް، އެ އަވަށުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް އެޗްޕީއޭ އިން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ކާފިއު ވަގުތު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ހިތަދޫގައި މިހާރު ކާފިއު ހިންގަނީ ހަވީރު ހަތަރަކުން ހެނދުނު އަށަކަށެވެ.

އަދި ހިތަދޫގައި ހައުސް ހޯލްޑް ޕާމިޓަކާ ނުލައި ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ފިހާރަތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީގެ ޚިދުމަތްދިނުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ. ކާފިއު ވަގުތުތަކުގައި ޑެލިވަރީ ކުރެވޭނީ ހުއްދަ ހޯދައިގެންނެވެ.

މީގެއިތުރުން ހަވީރު 04:00 ގެ ނިޔަލަށް ފިހާރަތައް ހުޅުވައިގެން ޚިދުމަތްދިނުމަށް ހުއްދަ ދިނުމާއި، ހިތަދޫ އެސް.އެސް.ޑީ އިން ހުއްދަ ދޫކޮށްފައިވާ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކާއި އާއްމު މަސައްކަތްކުރާ ފަރާތްތަކަށް ހެނދުނު 07:00 އިން ހަވީރު 06:00 އަށް މަސައްކަތްކުރުމަށް ހުއްދަދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ހިތަދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތައް ދިން ނަމަވެސް މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓާލަން އަންގާފައިވާ އެންގުން ވަނީ ދަމަހައްޓާފައެވެ.

ހިތަދޫ އިން ފާއިތުވި 24 ގަޑިއިރުތެރޭ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެންމެ ފަރާތެއް ކަމަށްވާއިރު، އެ އަވަށުގައި ކޮވިޑްގެ 128 ކޭސް އެބަ އޮތެވެ. ހިތަދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގައި ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނާތީ އެޗްޕީއޭ އިން ވަނީ އެ އަވަށްތަކުގައި އިއުލާންކުރި ކާފިއު އުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top