ފުވައްމުލައް ސިޓީން ހައިރިސްކް ކޮންޓެކްޓުންގެ ގޮތުގައި 275 މީހަކު ފާހަގަކުރެވިފައިވާކަމަށް ފުވައްމުލައް ހޮސްޕިޓަލުން ބުނެފި އެވެ.
ފުވައްމުލައް ހޮސްޕިޓަލުން އާންމުކޮއްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ހައިރިސްކް ކޮންޓެކްޓުންގެ ގޮތުގައި 275 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި، 3 މީހަކަށް ފެސިލިޓީގައި މިހާރުވެސް ފަރުވާ ދެމުންދާކަމަށް ބުނެފައިވެއެވެ . އަދި ފުވައްމުލަކުގެ 636 ގެއެއް މޮނިޓަރިންނަށް ލާފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ފުވައްމުލަކުން އިއްޔެ ޕޮޒިޓިވްވެފައިވަނީ އެންމެ މީހެއްކަމާއި 9 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. އަދި މިހާތަނަށް ޖުމްލަ 750 މީހުން ޕޮޒިޓިވްވެ 681 މީހަކު ވަނީ ބަލިން ރަނގަޅުވެފައިވެއެވެ.
ފުވައްމުލަކުގައި މިވަގުތު 70 އެކްޓިވް ކޭސް ހިމެނޭއިރު، އެއީ 63 ދިވެހިންނާއި 7 ބިދޭސީން ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.






