މިހާރު މީހުންނަށް އަނިޔާ އާއި ގެއްލުން ދެނީ ޓެކްނޮލިޖީގެ ގޮތުން ކުރި ހޯދައިގެން ތިބި ބަޔަކުކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވެފައި ވަނީ އެމްޑީޕީއަށް 16 އަހަރު ފުރުމާ ގުޅިގެން އެ ޕާޓީ އިން ކްލަބް ހައުސްގައި "ހަރުގެ" ލޯންޗު ކުރެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ނެވެ.
އެމަނިކުފާނު އަވަހާރަކޮށްލަން މިދިޔަ މަހުގެ 6 ވަނަ ދުވަހުގެރޭ އެއްޗެއް ގޮއްވައިލި މައްސަލައިގެ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުށުގެ ވެށީގެ ތެރެއަށް ޓެކްނޮލޮޖީ ގޮތުން ކުރި ހޯދައިގެން ތިބި ބަޔަކު ވަދެ، ފިކުރީ ހަނގުރާމައަކަށް އެކަން ހަދާފައިވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ޖާނުން ފިދާވުމުގެ ހަމަލާތައް ވެސް މުޖުތަމައު ތެރޭގައި ދޭން ފަށާފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
މީގެ އިތުރުން ހަމަލާއެއް ދިނުމަށް މީހަކު ޖާނުން ފިދާވުމުގެ ކުރިން އެ މީހާ ހަދައި ބޮމުގެ ޓެކްނޮލޮޖީ ދެނެގަނެގެން އެ ޓެކްނޮލޮޖީ ލިބިފައި ހުރި ފަރާތްތައް ހޯދައި އެ ފަދަ ހުރިހާ އެންމެން ގެންގޮސް ގެންގުޅެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މީހަކު ޖާނުން ފިދާވުމުގެ ކުރީގައި، އޭގެ ގައިގައި ބަނދެފައި އޮންނަ ބޮން ހަދާ ޓެކްނޮލޮޖީ ދެނެގަނެގެން، އެ ޓެކްނޮލޮޖީ ލިބިހުރީ ކާކަށްތޯ އެނގިގެން، އެ ޓެކްނޮލޮޖީ އެނގިހުރި އެންމެން ގެންގޮސް ބަލަހައްޓަންޖެހޭ. ގައުމަށް ދިމާވެފައިވާ ކަންތައް ވަރަށް ބޮޑު" ނަޝީދު ވިދާޅުވި އެވެ.
ނަޝީދަށް އަމާޒުކޮށް މިދިޔަ މަހު 6 ގައި ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ ޖަރުމަނުގަ އެވެ.







1 ކޮމެންޓް
ޓެކުނޮލަޖީ ހޯދައިފަ ތިބިމީހުންނައް ގޯނާނުކޮއް ގައުމައްފައިދާހުރި ރަގަޅުގޮތުގަ އެޓެކުނޮލަޖީ ބެލެހެއްޓެނިވި ގޮތެއްގަ ތަރައްގީކޮށް ކުރިއަރާ ދިއުމުގެ ފުރުސަތު އެމީހުންނައް ހޯދައިދިނުން ރަގަޅުވާނެއެވެނެ ކަމައްދެކެން އަޅުގަޑަކީ ދުވަހަކުވެސް ކުށުގެވެށީގަ އުޅުއްވާ މީހެއްނޫން އެކަމަކު ޓެއަރިޒަމްގެ ދައުވާކޮށް ސާބިތު ނުވީމަ ހަޖަމުނުވެގެން އަޅުގަޑައް ގޯނާކުރާތާ ހަތްއަހަރު ކެއްތެރިކަމަކީ ކޮޅުންލައިދާއެއްޗެއް އަޅުގަޑައް ގޯނާނުނުރައްވާ ފައިދާހުރިގޮތުގަ ކުރިއަރާ ދިޔުމުގެ ފުރުސަތުދެއްވާ