Close

އުރީދޫ ސުޕަނެޓްގެ ހިދުމަތް ހިމަންދޫއަށް

އުރީދޫގެ ސުޕަނެޓް ހިދުމަތް އއހިމަންދޫއަށް މިއަދު ތައާރަފުކޮށްފި އެވެ.

މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވިސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

މި ހިދުމަތް ތައާރަފު ކުރުމާ ގުޅިގެން އުރީދޫން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެމި ޕްރޮމޯޝަންގެ ދަށުން އެ ރަށުން އެންމެ ފުރަތަމަ މި ހިދުމަތް ހޯދާ 20 މީހަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ލިބޭނެއެވެއަދި ޔޫއެފާ ޔޫރޯ 2020އާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލާލުމަށްސުޕަނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ.

މިއީމުޖުތަމައުގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ހައި ސްޕީޑް ބްރޯޑްބޭންޑު ހިދުމަތް ކޮންމެހެންބޭނުންވާ ކަމަށެވެއެހެންވެ އުރީދޫން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ހައި ސްޕީޑް އިންޓަނެޓު ހިދުމަތް ފޯރުކޮށްދިނުމަކީމުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް އުރީދޫގެ އިން ބުނެފައިވެއެވެ.

އުރީދޫން ވަނީ ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެމި ބަދަލާ އެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރުސްޕީޑާ އެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑު ވެސް ލިބެއެވެ.

ސުޕަނެޓް ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top