Close

މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މަޝްވަރާ ކުރަނީ

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިސްލާމިކް މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީން ދަނީ ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ދޭން މަޝްވަރާ ކުރަމުންނެވެ.

ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް މަޝްވަރާ ކުރެވެމުން ދަނީ ގުލައި މަހުގެ ތެރޭގަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މެއި މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގައިފައެވެ.

ނަމަވެސް އޭގެ ފަހުން ބައެއް މިސްކިތްތަކުގައި ވަކި ވަކިން ނަމާދުކުރެވޭނެ ކަމަށް ނިންމިއެވެ.

މާލޭގައި ކޮވިޑްގެ ވޭދަނަތައް މަދުވާން ފެށުމާ އެކު ކަމާބެހޭ ފަރާތްތަކުން ވަނީ ލުއިތައް ދޭން ފަށައިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top