Close

ނަފްރަތު އުފެއްދޭ އެންމެ ބޮޑު އަސްލަކީ ދީނަށް ފުރައްސާރަކުރުން: ޝަހީމް

ރާއްޖޭގައި ދީނާއި ގުޅިގެން ނަފްރަތު އުފެއްދޭ އެންމެ ބޮޑު އަސްލަކީ ދީނަށް ފުރައްސާރަކުރުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނާ ފުރައްސާކުރާ މައްސަލަތަކުގައި އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށާއި ނަމަވެސް ދީނީ އިލްމުވެރިޔަކު އޭނާ އަށް ފެންނަ ރަޔުއެއް ބުނުމުން ބިރު ދައްކައި ކަންކަން ކުރަމުންދާ ކަމަށެވެ.

"ނަފްރަތު ނައްތާލަން ބޭނުންނަމަ އެބަޖެހޭ އަދުލުވެރިވާން" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވެފައިމިވަނީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ޤާނޫނުލްއުޤޫބާތު އިސްލާހުކުރަން ސަރުކާރުން ބިލެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ.

އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން 101 އިލްމުވެރިޔަކު ސޮއިކޮށް އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދާދިފަހުން ވަނީ ޕެޓިޝަނެއް ފޮނުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top