Close

16 ކްލާސް ރޫމާއި ކޮމްޕިއުޓަރ ލެބެއް ފުވައްމުލަކު މުހައްމަދު ޖަމާލުއްދީން ސްކޫލްގައި އިމާރާތް ކުރުމަށް ހަވާލުކޮށްފި

ފުވައްމުލަކު ސިޓީގެ މުހައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސް ރޫމެއްގެ އިތުރުން ކޮމްޕިއުޓަރ ލެބެއް އިމާރާތް ކުރުމުގެ މަސައްކަތް އަދި ފުވައްމުލަކު ސްކޫލްގެ މަލްޓި ޕާރޕަސް ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފައިވަނީ، ފުވައްމުލަކުގައި ކުރިޔަށް ގެންދާ މި 2 މަޝްރޫއަކީ 2021 ގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއުތައް ކަމަށާއި، މި މަޝްރޫއުތައް ހަވާލުކުރެވިފައި ވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑްއާާ ކަމަށެވެ.

މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސްރޫމް އަދި ކޮމްޕިއުޓަރ ލެބް އިމާރާތުގެ މަސައްކަތް ކުރުމަށް އިނޯކާއާ ހަވާލުކޮށްފައިވަނީ 12,012,943.03(ބާރަމިލިއަން ބާރަހާސް ނުވަސަތޭކަ ސާޅީސްތިން ރުފިޔާ ތިން ލާރި) އަށް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. 

މީގެއިތުރުން، ފުވައްމުލަކު ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް އެޑިއުކޭޝަނުން އިނާކޯއާ ހަވާލުކޮށްފައިވަނީ 8,207,876.86 (އަށްމިލިއަން ދެލައްކަ ހަތްހާސް އަށްސަތޭކަ ހަތްދިހަ ހަ ރުފިޔާ އަށްޑިހަ ހަ ލާރި) އަށެވެ.

އެޑިއުކޭޝަނުން ބުނެފައިވަނީ މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި ކުރިޔަށް ގެންދާ މަޝްރޫއު 365 ދުވަސް ތެރޭގައި އަދި ފުވައްމުލަކު ސްކޫލްގައި ކުރިޔަށް ގެންދާ މަޝްރޫއު 330 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އިނާކޯއިން ބުނެފައިވާ ކަމަށެވެ. 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top