Close

އައްޑޫ އިން މިއަދު ޕޮޒިޓިވްވީ އެންމެ މީހެއް: އޭއީއެޗް

އައްޑޫ ސިޓިން މިއަދު ފެނިފައިވަނީ އެއް ޕޮޒިޓިވް ކޭސް ކަމަށް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އިން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު ހަމައެކަނި ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށާއި އެއީ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ.

މިއަދު ފެނުނު ޕޮޒިޓިވް ކޭސްއާއެކު ހިތަދޫގައި މިވަގުތު ކޮވިޑްގެ 95 އެކްޓިވް ކޭސް އަދި މަރަދޫގައި ހަތް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 102 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 361 މީހުން ރަނގަޅުވެފައިވާއިރު، ކޮވިޑް ފެސިލިޓީގައި މިވަގުތު އަންނަނީ ދެ މީހަކަށް ފަރުވާ ދެމުންނެވެ. މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top