Close

ކައުންސިލްތަކަށް އަމާޒުކޮށްގެން އެލްޖީއޭ އިން ބޭއްވި މާލިއްޔަތު ޤަވައިދަށް އަހުލުވެރިކުރުމުގެ ޓްރޭނިންގެ ޕްރޮގްރާމް ނިންމާލައިފި

ކައުންސިލްތަކަށް އަމާޒުކޮށްގެން ލޯކަލް ކައުންސިލް އޮތޯރިޓީ (އެލްޖީއޭ)އިން ބޭއްވި މާލިއްޔަތު ޤަވައިދަށް އަހުލުވެރިކުރުމުގެ ޓްރޭނިންގެ ޕްރޮގްރާމް ނިންމާލައިފި އެވެ.

ލޯކަލް ކައުންސިލް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފައިވަނީ ކައުންސިލް ތަކަށް އަމާޒުކޮށްގެން ލާމަރުކަޒީ ރާއްޖެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ  މާލިއްޔަތު ޤަވައިދާއި އަހުލުވެރިކުރުމުގެ ޓްރޭނިންގެ ޕްރޮގްރާމްގެ ބެޗް 1 ގެ ސެޝަންތައް އިއްޔެ ނިންމާލެވިފައިވާ ކަމަށާއި މި ޕްރޮގްރާމްތައް ހިންގަމުން ދަނީ އެލްޖީއޭ އަދި ފިނޭންސް މިނިސްޓްރީއާ ގުޅިގެން 6 ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކަމަށެވެ.

މި ޕްރޮގްރާމްގެ ސެޝަންތަކުގައި ދައުލަތުގެ އޮފީސްތައް އޮޑިޓް ކުރުމުގެ މައުލޫމާތުތަކާއި ކައުންސިލް ތަކުން ބޭނުން ކުރަމުންދާ އީ ކައުންސިލް ފައިނޭންސް މޮޑިއުލް އާ ގުޅޭ ގިނަ މައުލޫމާތު ތަކާއި ޕްރޮކިއުމަންޓް އަދި ބިޑް ކޮމިޓީއާ ގުޅޭ މައުލޫމާތުތަކާއި ދައުލަތުގެ ފައިސާ ހޯދައި ހަރަދު ކުރާނެގޮތުގެ އިތުރުން  ކައުންސިލްތަކުގެ ބަޖެޓް ތައްޔާރު ކުރުމާއި ތަންފީޒުކުރުންފަދަ ގިނަ ގުނަ މައުލޫމާތު ތަކެއް ހިއްސާކުރެވިފައިވާނެކަމަށް އެލްޖީއޭ އިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top