Close

ރައީސް ޞާލިޙް މިއަދު ނޫސްވެރިންނާ ބައްދަލުކުރަށްވަނީ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނޫސްވެރިންނާ ބައްދަލުކުރަށްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ޞާލިޙް ނޫސްވެރިންނާ ބައްދަލުކުރަށްވާނީ މިއަދު ހަވީރު 16:00 ގައި ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން ވަރަށް ފަހުންވެސް ދެފަހަރެއްގެ މަތިން ރައީސް ވަނީ ނޫސްވެރިންނާއި ބައްދަލުކުރަށްވާފައެވެ. މިއަދު ރައީސް ޞާލިޙް ނޫސްވެރިންނާއި ބައްދަލުކުރަށްވާއިރު، ރާއްޖޭގެ ކޯވިޑް ނަންބަރު ވަނީ ދަށަށްދާން ފަށާފައެވެ. އަދި މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ނަންބަރު ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

ރައީސް ޞާލިޙް ގެންދަވަނީ ދޭތެރެ ދޭތެރެއިން ނޫސްވެރިންނާ ބައްދަލުކުރަށްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top