އައްޑޫ ސިޓީއަށް އިއްޔެ ރަޝިއާގެ ޓްރަވަލް އެޖެންޓުންގެ ވަފުދެއް ޒިޔާރަތް ކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރަޝިއާގެ ޓްރަވަލް އެޖެންޓުންގެ މި ވަފްދަށް ގަމުގެ އެއަރޕޯޓުން މަރުހަބާ ދެންނެވީ މޭޔަރ އަލީ ނިޒާރު އެވެ. ރާއްޖޭގެ ޓެރެވެލްއެޖެންޓެއްކަމަޒްވާ "ރިސޯޓް ލައިފް މޯލްޑިވްސް" ގެ ފަރާތުން ގެނައި މި ޓްރަވަލް އެޖެންޓްގެ ސަބަބުން އައްޑޫގެ ފަތުރުވެރިކަން ޚާއްސަކޮށް ރަޝިއާގެ ފަތުރުވެރިންގެ މެދުގައި ވަރަށް ބޮޑަށް އިޝްތިހާރުވެގެންދާނެ ކަމަށް ބެލެވޭކަމަށް އައްޑޫ ކައުންސިލުން ހާމަކޮށްފައިވެއެވެ.
އައްޑޫގެ ކުޅިތަކާއި ފާތަކާއި ޗަސްބިންތަށް ދިރުވައި އާލާކޮށް މިތަންތަން ފަތުރުވެރިންގެ ހިތްގައިމު މަންޒިލަކަށް ހެދުމުގެ މަސައްކަތް އަލަށް އިންތިހާބުވި ދައުރުން ބާރުލާ ކުރަމުންދާ ކަމުގައި ބުނެފައިވެ އެވެ. މިދިޔަ ހަފްތާގައި ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުގައި މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެ ގައުމުބް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.






