Close

އައްޑޫ އަތޮޅަށް ނިސްބަތްވާ މަސްދޯންޏެއް ބިންދައިގެން ގޮސްފި

25 ފަޅުވެރިންނާއި އެކު ދަތުުރުކުރަމުން ދިޔަ އައްޑު އަތޮޅަށް ނިސްބަތްވާ މަސްދޯންޏެއް ބިންދައިގެން ގޮސްފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބިންދައިގެން ގޮސްފައިވަނީ އައްޑޫ މޯހިރު ނަމަކަށް ކިޔާ ދޯންޏެކެވެ.ދޯނި ބިންދައިގެން ގޮސްފައިވަނީ ގއ އަތޮޅު ހިރުހުއްޓާ ކައިރިންނެވެ. މޯހިރު ދޯނި ބިންދައިގެން ގޮސް ދޯނި ވަނީ ދެފަޅި ވެފައިކަމަށާއި ދޯނިން މިހާރު ވަނީ ކޯސްޓްގާޑް ގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި އެސަރަހައްދާއި ދިމާލަށް އެމްެއެންޑީއެފްގެ ހާބަރ ކްރާފްޓް ލޯންޗެއް ދަތުރު ފަށާފައިވާކަން ވަނީ މައުލޫމާތު ލިބިފައި އެވެ.

މޫސުން ގޯސްވެ ދޯނި ފަރަށް އެރުމުގެ ފުރުސަތު ބޮޑުވެފައިވާތީ ފަޅުވެރިން އެ ދޯނި ފަރަށް އެރިޔަ ނުދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ އަށް މައުލޫމާތު ދިން އެދޯނީގެ ފަޅުވެރިޔަކު ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top