Close

އައްޑޫ ސިޓީގައި ރެންޑަމްކޮށް ސާމްޕަލްތައް ދޭން ބައެއް ފަރާތްތަކުން ދެކޮޅު ހަދާ: އޭއީއޯސީ

އައްޑޫ ސިޓީގައި ރެންޑަމްކޮށް ސާމްޕަލްތައް ދޭން ދެކޮޅުހަދާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ ކުރިއަށް އޮތް ހަތަރު ދުވަހު އައްޑޫގައި ބަލި ފެތުރިފައި އޮތް މިންވަރު ބެލުމަށް ގިނަ އަދަދަކަށް ރެންޑަމް ސާމްޕަލް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އިއްޔެ ވެސް ސާމްޕަލް ނަގަން އުޅުމުގެ ތެރޭގައި ސާމްޕަލް ދޭން ގިނަ ބަޔަކު ދެކޮޅު ހަދާފައިވާ ކަމަށެވެ.

"އިއްޔެ ފޭދޫ އިން ވެސް ރެންޑަމް ސާމްޕަލް ނަގަން އުޅުނު ފަރާތްތަކުން ޝަކުވާތަކެއް ލިބިފައި އެބަހުރި ގިނަ މީހުން ސާމްޕަލް ދޭން އުޒުރުވެރިވާ ކަމަށް" ޝުއާއު ވިދާޅުވިއެވެ.

އަދި ކޮވިޑްގެ ހާލަތު އޮތް މިންވަރު ދެނެގަނެ، މި ހާލަތުން އަރައިގަތުމަށް ގިނަ އަދަދެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރަންޖެހޭއިރު މިވަގުތު އެކަމަށް އާންމުން އެއްބާރުލުން ދިނުމަށްވެސް އޭނާ ވަނީ އެދިފައެވެ. އަދި ލުއިތަކެއް ދިން ނަމަވެސް މާސްކު އަޅައި، ގައިދުރުކަމަށް އިސްކަންދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އައްޑޫ އިން އިއްޔެ ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، އެ ހަތަރު ކޭސް ވެސް ފެނިފައިވަނީ މަރަދޫންނެވެ. އޭގެތެރޭގައި ހިމެނެނީ ތިން ބިދޭސީންނާއި ދިވެއްސެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top