ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ވަނީ ބުނެފައިވަނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާއިރު، މި އިންޒާރާ ގުޅިގެން އިންޑިއަން ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުޓީ މިހާރު ވަނީ ވަރުގަދަ ކޮށްފައެވެ.
ސޯޝަލް މީޑިއާ އާއި، އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމަކީ ކުށެއްކަން ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
#MPSPressStatement: PMC/2021/09
Raajjeygai hunna Indian High Commission govvaalaane kamah bune tweet kuri massalaigai meehaku hayyarukurumaa gulhey: https://t.co/2vGo04raxM#MPSNoosBayaan pic.twitter.com/84pzI452ea— Maldives Police (@PoliceMv) July 3, 2021
ދިވެހިރާއްޖެ އާއި އަވައްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރުލިބޭ ގޮތަށް، އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބޭރު މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ހާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނާޒުކު މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެފަދަ އަމަލެއް އެއްވެސް މީހަކު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.







1 ކޮމެންޓް
އިންޑިއާ އެދުނުގޮތަށް ދިވެހިންނަށް ފިޔަވަޅުއަޅާ އަނިޔާވެރި ވާން ފެށީ.