ލ. ފޮނަދޫގައި ސަރަހައްދީ ފެން ތަހުލީލުކުރާ ލެބޯޓްރީއެއް ގާއިމުކުރުމަށްޓަކައި ޑިޒައިން ކޮންސަލްޓަންސީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި ލެބޯރެޓްރީގެ މަސައްކަތް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު މުޖުތަބާ އެވެ. އަދި އެޕޮކް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާވިއަތު އަބްދުއްސައްތާރު އެވެ.
މިއީ ރާއްޖޭގެ ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ކުރާ މަސައްކަތެކެވެ.
އެޕޮކް އެސޯސިއޭޓްސްއިން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ފޮނަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދީ ފެން ތަހުލީލުކުރާ ލެބޯރެޓްރީގެ މަސައްކަތުގެ ސާވޭ ކުރުމާއި ޑިޒައިނާއި ޓެންޑާ ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
ސަރަހައްދީ ފެން ތަހުލީލުކުރާ ލެބޯޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް އެޕޮކް އެސޯސިއޭޓްސް ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 270،300 ރުފިޔާ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.







1 ކޮމެންޓް
ކޮބާތޯ ޗައިނާމީހުން މަގުހަދާފާ ތާާރުޓެސްޓުކުރާލިބޯޓުރީ ..
ހެދިދާނެ ސަރުކާރުބަދުވާއިރަށްތިއިތިކޮޅުވަގައްގެމްދާނެ…
ކޮބާހުރިހާފެކުޓުރީ ވިނުވީއެށްވެސްނެގުނު…..
ހުދުކާާފޫރު…..އެތިކަޑަ…..