ރޭގަނޑު 11:30 ވަންދެން ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެ ހިދުމަތް ހޯދުމުގެ ހުއްދަ ދިނުމަށް ނިންމައިފި އެވެ.
މިކަން އިއުލާން ކުރީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައެވެ. މާދަމައިން ފެށިގެން ކެފޭތަކުގައި ތިބެގެން 11:30 ވަންދެން ހިދުމަތް ހޯދުމުގެ ހުއްދަ ދޭން ނިންމާފައި ވާއިރު، މިހާރުވެސް އޮތް ގޮތަށް 24 ގަޑިއިރު ޑެލިވަރ ކުރެވޭނެއެވެ.
މި ލުއި ދޭން ނިންމި ނަމަވެސް ކެފޭ ރެސްޓޯރެންޓްތަކުން އެޗްޕީއޭގެ މިންގަނޑުތަކަށް އަމަލު ކުރަން ޖެހެއެވެ. ހަމައެއާއެކު މި މިންގަނޑިތައް ތަންފީޒު ކުރުމާއި މޮނިޓަރ ކުރުން ހަރުދަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.






