ގދ. ހޯނޑެއްދޫ ކައުންސިލްގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް އާއްމުންގެ ޚިޔާލު ހޯދުމަށް އިއުލާން ކޮށްފި އެވެ.
ހޯނޑެއްދޫ ކައުންސިލުން ބުނެފައިވަނީ އެރަށުގެ ކުރިޔަށް އޮތް 5 އަހަރަށް ތަރައްޤީގެ ޕްލޭން އެކުލަވާލުމަށްޓަކައި އެރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އާންމުންގެ ލަފަޔާއި ހިޔާލު ގޫގަލް ފޯރމްއެއް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު ވަނީ އެކައުންސިލުން ހަމަޖައްސާފައި އެވެ.
ހޯނޑެއްދޫ ކައުންސިލުން އާންމުންގެ ހިޔާލު ހޯދުމަށް ނިންމާފައިވަނީ ޖުމުލަ 10 ދާއިރާއަކަށެވެ. އެދާއިރާ ތަކަކީ:
- އަސާސީ ޚިދްމަތްތަކާއި ރަށްވެހި ތަރައްގީ ފޯރުކޮށްދިނުން
- އިޖްތިމާއީ ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުން
- އަމާންވެއްޓެއް ގާއިމްކުރުމާއި ގާނޫނީ ހުކޫމަތު ދެމެހެއްޓުން
- ފެންވަރު ރަނގަޅު ތައުލީމާއި ހުނަރު
- ސިއްހަތު ރަނގަޅު ދުޅަހެޔޮ ދިރިއުޅުން
- ސަގާފަތާއި ތަރިކަ ރައްކާތެރިކުރުން
- އިގްތިޞާދު ކުރި އެރުވުމާއި ވަޒީފާ އިތުރުކުރުން
- ފުދުންތެރި މުޖްތަމައެއް ބިނާކުރުން
- މިންތީގެ ހަމަހަމަކަން
- ހިންގުން ހަރުދަނާ ކުރުމާއި އިދާރީ ކަންކަން ބެލެހެއްޓުން
ހޯނޑެއްދޫ ކައުންސިލުން މީގެ ކުރިންވަނީ މި ޕްލޭން އެކުލަވާލުމަށް ސާރވޭއެއް ކުރުމަށްޓަކައި ބޭނުންވާ ވޮލަންޓިއަރުން ހޯދުމަށްވެސް އިއުލާން ކޮށްފައެވެ. ނަމަވެސް މި އިއުލާނުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފައި އެވެ.






