Close

ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އިންސާނިއްޔަތާއި ޚިލާފު އަނިޔާތައް ކުއްވެރިކޮށް، ހުއްޓާލަން ގޮވާލާ ގަރާރު ފާސްކޮށްފި

ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއިލުން ދެމުންދާ ހަމަލާތަކާއި ފިއްތުންތައް ހުއްޓުވައި އެ ގައުމުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރު މިއަދު ފާސްކޮށްފިއެވެ.

އެ ގާރާރު ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރަކީ އިސްރާއިލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައި ހުށަހަޅުއްވާފައިވާ ގަރާރެކެވެ.

މިގަރާރުގެ މަޖިލީހުގެ ކޮމެޓީން ދިރާސާކުރުމަށްފަހު، ނެރުނު ރިޕޯޓުގައި ބުނެފައުވަނީ އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އެކަމުގައި ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބައިނަލްއަގުވާމީ މުޖުތަމައުއަށް ހާމަކުރަން ނިންމާކަމަށެވެ. އަދި އެ ލާއިންސާނީ އަމަލުތައް ކުށްވެރިކުރާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އިސްރާއިލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަކީ އިންސާނީ ކަރާމާތާއި އިންސާނީ ޝަރަފު ނަގާލުން ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަން އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަންކަން ހުއްޓާލަން ގޮވާލަން ޖެހޭ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މީގެ އިތުރަށް ކޮމިޓީ ރިޕޯޓުގައި ވަނީ ދިވެހިރާއްޖެ ބައިވެރިވާ އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގެ ގަރާރުރަކަށް އިސްރާއިލުން ބޯ ނުލަނބާކަން ފާހަގަކޮށްފައެވެ. އަދި އެކަމުގައި އެ ގައުމުގ ޖަވާބުދާރީކުރުވުމަށް ވެސް ބައިނަލްއަގުވާމީ މުޖުތަމައު އަށް ގޮވާލަން ވެސް ރިޕޯޓުގައި މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނަށް ލޯބިކުރާ އަދި އަޚްވަންތަކަމާއި އުޚުއްވަތްތެރިކަން ދެމެހެއްޓުމަށް ކެނޑިނޭޅި އެތަކެއް މަސައްކަތެއްކުރާ ބައެއް ކަމަށާއި މިފަދަ ހިތްދަތި ވަގުތެއްގައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ތިބީ ފަލަސްތީނުގެ އަނިޔާ ލިބެމުންދާ ރައްޔިތުންނާ އެކުގައިކަން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ހާމަކުރުމަކީ ފަލަސްތީނުގެ ބިންތައް ފޭރިގަތުން ހުއްޓުވުމާއި، ފަލަސްތީނުގެ މިނިވަންކަމާއި، އެގައުމުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމުއިއްޔާ ޖަމާއަތްތަކަށް އިތުރު ކުރިއެރުމަކަށް ވެގެންދާނެ މުހިއްމު ކަމެއް ކަމަށް އެ ގަރާރުގައި ބުނެފަވެއެވެ.

ސައުދު ހުސައިން މީގެކުރީން ވެސް ވަނީ ފަލަސްތީނުގެ ހައްގުގައި އެކިފަހަރުމަތިން މަޖިލީހުގައި ވަކާލާތު ކުރަށްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top