Close

މުލިއާގޭ ކައިރިއަށް ދިޔަ 2 މީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން އެމީހުން ހައްޔަރުކޮށްފި

ރައީސުލްޖުުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދިރިއުޅުއްވާ މުލިއާގޭ ކައިރިއަށް ދިޔަ 2 މީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން އެމީހުން ހައްޔަރުކޮށް، އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މުލިއާގެ ކައިރިއަށް ދެ މީހަކު ގޮސް، އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމީހުން އިންޒާރު ދިނީ މުލިއާގެ ގޮއްވާލާނެ ކަމަށް ބުނެއެވެ.

ފުލުހުން ވިދާޅުވީ ބޮމެއް އޮތް ކަމަށް ބުނި 2 މީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މުލިއާގޭ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެމްއެންޑީއެފް އިންނެވެ. އެ ތަނުގެ ބޭރުގައި އާއި އެތެރޭގައި ވެސް ސިފައިން ހަރަކާތްތެރިވަމުންދެއެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އަށް ފަހު، މާލޭގެ ބައެއް ސަރަހައްދުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ އިރު، އޭގެ ތެރޭގައި މުލިއާގެ ވެސް ހިމެނެއެވެ. އެގޮތުން މުލިއާގެ ބޭރުގައި ސިފައިން ހަތިޔާރާ އެކު، ފޯރިމަރަމުންދެއެވެ.

ނަޝީދު އަވަހާރަކޮށްލަން ނިރުބަވެރި ހަމަލާއެއް ދިން ފަހުން، މަޖިލިސް އިދާރާ ގޮއްވާލާނެ ކަމަށް ބުނެ މީޑިއާގައި ކޮމެންޓްކުރި މީހަކު ވެސް ހައްޔަރުކޮށްފައި ވާއިރު ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތައް ވެސް ވަނީ އަޅައިފައެވެ. އަދި ދާދި ފަހުން އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

1 ކޮމެންޓް

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top