ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ފުރަބަންދުކޮށްފައި އޮތް ގއ. މާމެންދޫ ފުރަބަންދުގެ ހާލަތުން ވީއްލައިފި އެވެ.
އެރަށު ސިއްހީ މަރުކަޒުން ބުނެފައިވަނީ އެރަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ މިއަދު އެވެ. މާމެންދޫ މޮނިޓަރިންއިން ނަގާފައިވަނީ އެރަށުން ފައްސިވި އެންމެން ކޮވިޑުން ފަސޭހަވުމުންނެވެ.
އެރަށުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެރަށް މޮނިޓަރިންއަށް ލެވުނު ދުވަހުން ފެށިގެން މިހާތަނަށް ފެނިފައިވަނީ ޖުމްލަ 11 ކޮވިޑް ކޭސް އެވެ.
މާމެންދޫ މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.






