Close

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވަނީ

އައްޑޫސިޓީ ބިން ހިއްކުމުގެ މަޝްރޫއުާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ، ބިން ހިއްކުމުގެ މަޝްރޫޢުގައި ހިމެނޭ ހިތަދޫ ބިން ހިއްކުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ގޮތުން މަޝްރޫޢުގެ އީ.އައި.އޭ ކޮންސަލްޓެންޓް، ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް މިއަދު މެންދުރު 02:00 ގައި އޮންނާނެ ކަމަށެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫހައި ސްކޫލުގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ކައުންސިލްވަނީ ރައްޔިތުންނަށް އަރުވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top