Close

ތިނަދޫގައި ހުރި 8،000 ޓަނުގެ ކުނި ވެމްކޯއިން ސާފުކޮށްފި

ގދ. ތިނަދޫގައި ގިނަވެފައި ހުރި 8،000 ޓަނުގެ ކުނި ވެމްކޯއިން ސާފުކޮށްފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތް ނިންމާލާފައިވަނީ 90 ދުވަހުގެ ތެރޭގައެވެ. މިއީ ރާއްޖޭގެ ރަށްތަކުގައި ގިނަވެފައި ހުރި ކުނި ނައްތާލަން ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓިގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

ވެމްކޯއިން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ތިނަދޫ ކުނިގޮނޑު ސަރަހައްދު އެއްކޮށް ވަނީ ސާފުކޮށްފައެވެ. އެ ކުންފުނިން ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ބުރަކޮށް މަސައްކަތް ކުރީތީ އެ ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.

މި ޕްރޮޖެކްޓު ވެގެންދާނީ ރައްކާތެރިކަމާއެކު ކުނި ނައްތާނެ ނިޒާމެއް ގާއިމް ކުރުމުގައި ތިނަދޫގައި އެޅޭ ފުރަތަމަ ފިޔަވަޅަށް ވާނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ވަނީ ތިނަދޫގެ އިތުރުން ކުޅުދުފުއްޓާއި ފުވައްމުލައް ސިޓީގައި ވެސް ގިނަވެފައި ހުރި ކުނި ސާފުކޮށްފަ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން މިހާރުވެސް އެކި ރަށްރަށުގައި ކުނި ސާފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top