Close

ޕާޓީ ޕޮލިޓިކްސްއަށްވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރަންޖެހޭ: ސައުދު

ޕާޓީ ޕޮލިޓިކްސްއަށްވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު ވިދާޅުވީ، ސިޔާސީ ބޮޑުންގެ ކޯޅުމާހެދި ރައްޔިތުން ހަނާވަމުންދާ ކަމަށެވެ. އަދި މިއީ ސަރުކާރާއި ގުޅިގެން އެންމެން އެކުގައި ހާލަތު ރަނގަޅުކުރަން މަސައްކަތްކުރަންވީ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބައިބައި ވުމަކުން ރައްޔިތުންނަށް ހޯދައިދެވޭނެ ލުޔެއް ފެނިވަޑައި ނުގަންނަވާ ކަމަށާއި، އަދި ޕާޓީ ޕޮލިޓިކްސްއަށްވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ވެސް ވިދާވިއެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ނަފުރަތުގެ އަމަލުގެ ބިލަށް ރައީސް ސަރުކާރުން ތާއީދު ނުކުރާނަމަ، އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައި ވަނިކޮށް އެކަމާއި ގުޅިގެން ވެސް ސައުދު ވަނީ ވާހަކަ ދައްކަވާފައެވެ.

އެވާހަކައާއި ގުޅިގެން ސައުދު ވިދާޅުވީ، ނަފުރަތުގެ ބިލުން އުފަންވެގެން މިދަނީ އިތުރު ނަފުރަތު ކަމަށާއި، އެއީ ސަރުކާރު ހޫނު ފެނަށް ލުމަށް ކަށްކަން ބޭނުންކުރާ ދަރަކަށް ނުހެދުމަށް އެދިވަޑަައިގަންނަވާ ކަމަށެވެ.

ގިނަ ޢަދަދެއްގެ ދީނީ ޢިލްމް ވެރިންނާއި، މެޖޯރިޓީ ދިވެހި ރައްޔިތުން މި ބިލާއި ދެކޮޅު ހަދަމުން ދަނިކޮށް މިފަދަ ބިލެއް ގަދަބާރުން ފާސް ކުރުމަކީ ވަރަށް ހުދުމުހްތާރު ގޮތެއް ކަމަށް ވެސް ސައުދު ވިދާޅިވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top