Close

ހުޅުމީދޫ - ހިތަދޫ ބްރިޖް އަޅަން މިވަގުތު ހާލަތު ތަނެއް ނުދޭ: ނާޒިލް

އައްޑޫ ސީޓީ ހުޅުމީދޫ އާއި އެ ސިޓީގެ އެހެން އަވަށްތައް ގުޅުވާލާ ބްރިޖު އަޅަން މިވަގުތު ހާލަތު ތަން ނުދޭ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރޭކްލަބްހައުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވެފައިވަނީ ފަސޭހަކަމާއެކު އެއް ތަނުން އަނެއް ތަނަށް ދެވޭނެ ގޮތެއް އޮތުމަކީ އިގްތިސާދީ ހަރަކާތް ހިންގަން ލިބޭ ފަސޭހަ ކަމެއްކަމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ކެމްޕެއިން ތެރޭގައި ފާހަގަކުރެއްވި މުހިއްމު ކަމެއްކަމުގައި ނާޒިލް ވިދާޅުވިއެވެ.

"އެކަމަކު މިހާރު މިއޮތް ހާލަތުން މި ސަރުކާރަށް ހުޅުމީދޫ ބްރިޖު އެޅޭނެ ކަމަށް ގަބޫލުކުރަން ތަންކޮޅެއް އުނދަގޫ. އެއަށް ވުރެ މުހިއްމު ކަމާއެކު އައްޑޫ ސިޓީގައި ވެސް ކޮންމެހެން ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި އަދި ނުވެ" ނާޒިލް ވިދާޅުވިއެވެ.

ކޮވިޑް ގެ ބަލިމަޑު ކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުގެ ސަބަބުން ދައުލަތަށް އާމްދަނީއެއް ނުލިބި 2 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ ކަމަށާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއެކު ދާދިފަހުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ދައުލަތުގެ މާލީ ހާލަތު ބަޔާންކޮށްދެއްވި ކަމަށް ނާޒިލް ވިދާޅުވިއެވެ.

އެގޮތުން ދައުލަތުގެ އާމްދަނީގެ ހާލަތު މިހާރު އޮތްގޮތަށް ބަލާއިރު މިހާރު މިއޮތީ 2014 ވަނަ އަހަރާއި ހަމައަށް ފަހަތަށް ގޮސްފައިކަމަށް ނާޒިލް ވިދާޅުވިއެވެ.ވުމާއެކު މިފަދަ ދަނޑިވަޅެއްގައި ބްރިޖު ފަދަ މަޝްރޫއުތަކަކީ މިވަގުތު ފެށޭ ޒާތުގެ ކަންކަން ކަމަށް ގަބޫލުނުކުރެވޭ ކަމަށް އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން ބްރިޖް އެޅުމަކީ މިވަގުތު ވެސް ކުރެވެން އޮތްނަމަ ކުރަންވީ ކަމެއްކަމުގައި އެކަމަކު މިވަގުތުގެ ހާލަތަކީ އެއީއެއް ނޫންކަމަށް ނާޒިލް ވިދާޅުވިއެވެ.އަދި ސަރުކާރުގެ މާލީ ހާލަތު ރަނގަޅުވުމުން ބްރިޖް އެޅުމަށް ސަރުކާރާއެކު މައުލޫމާތު ހިއްސާ ކުރާނެ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top