މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އދ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ އަދ. އަތޮޅުން ތ. އަތޮޅަށް މިއަދުގެ 12:45 އިން 17:00 އަށެވެ.
އެ އިދާރާއިން ވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ ބައެއް ރަށްތަކަށް ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައިވެއެވެ.
އެގޮތުން އުތުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުގައި ވައިޖެހޭނެ ކަމަށް ވެސް އެއިދާރާއިން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށިގެން ވާ ކަމަށެވެ.
Heavy rain and thunderstorms with gust winds are expected. pic.twitter.com/MyZIik4XDw
— Maldives Meteorology (@MetMaldives) July 24, 2021
މީގެއިތުރުން ރާއްޖޭގެ އުތުރުގެ ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ކަނޑުގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.






