ހުވަދޫ އަތޮޅު ވިލިނގިލި ފުރަބަންދުކޮށްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިލިނގިލި ފުރަބަންދުގެ ހާލަތަށް ގެނެސްފައިވަނީ މިއަދު ހެނދުނު 09:00 ގައެވެ.
ކޮވިޑް-19އާ ގުޅިގެން ވިލިނގިލި ފުރަބަންދުކޮށްފައިވާއިރު، އެކަމުގެ ސަބަބުން އެޗްޕީއޭގެ ހުއްދަ ނެތި ރަށަށް އަރާފޭބުން ވަނީ މަނާކޮށްފަ އެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 77،432 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2601 ކަމަށްވާއިރު އޭގެތެރެއިން 16 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 74،598 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 221 މީހަކު ވަނީ ނިޔާވެފައެވެ.






