Close

މަޑަވެލީގައި 30 ކުދިންނާއި އެކު ނަމާދު ވޯކްޝޮޕެއް ފަށައިފި

ގދ. މަޑަވެލީގައި 30 ކުދިންނާއި އެކު ނަމާދު ވޯކްޝޮޕެއް ފަށައިފި އެވެ.

މި ވޯކްޝޮޕަކީ، މަޑަވެލީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި މަޑަވެލީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. އަދި މިވޯކްޝޮޕް އިއްޔެގެ ވަގުތެއްގައި ވަނީ މަޑަވެލީގައި ފަށާފައެވެ.

10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވަރކްޝޮޕް ގައި ނަމާދު ކުރާނެ ގޮތް ދަސްކުށް ދިނުމާއި ދީނީ ނަސޭހަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމް ދީނަށް ފުރާވަރުގެ ކުދިން ހޭލުންތެރި ކުރުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ ވަރކްޝޮޕާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ ނާއިބު ރައީސާ ފަސީހާ ޝަފީގް މިއަދު ވިދާޅުވީ މަޑަވެލީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި މަޑަވެލީ ކައުންސިލް ކުރިޔަށް ގެންދާ މި މަސައްކަތު ބައްދަލުވުން ތަކަކީ ކުރިޔަށް އޮތް ތާނގައިވެސް ކުރިޔަށް ގެންދާ ގޮތަށް ކުރާ ކަމެއް ކަމަށާއި މީގެ އެކި ލެވެލްތަކަށް ވިސްނާފައި ވާނެ ކަމަށެވެ. އަދި މިކަމުގައި ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަން ފަސީހާ ފާހަގަ ކުރެއްވިއެވެ.

މަޑަވެލި ކައުންސިލް އިދާރާގައި ކުރިއަށްދާ ނަމާދު ވެރކްޝޮޕް ގައި ކިޔަވައި ދެއްވަނީ އެރަށުގެ އިމާމުންނާއި ސްކޫލްގެ މުދައްރިސުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top