ކޮވިޑް-19 ގެ ކޭސްތަކެއް ފެނި މޮނީޓަރިންގ ހާލަތަށް ގެނައި ގއ ވިލިނގިލި މޮނިޓަރިންގެ ހާލަތުން ވީއްލާއިފި އެވެ.
އެޗްޕީއޭއިން މިހާރު ވަނީ ވިލިނގިލި އާންމު ހާލަތަށް ގެނެސްފައިވާކަން ގއ. އަތޮޅު ހޮސްޕިޓަލަށް އަންގާފައި އެވެ.
ވިލިނގިލީގެ މުޖުތަމައުގެ ތެރެއިން ކޮވިޑް ފެނި އެރަށް މޮނިޓަރިންގައި އޮންނަތާ 72 ދުވަސް ފަހުން އެ ހާލަތު އުވާލައު ރަށް ހުޅުވާލިތާ 4 ދުވަސް ފަހުން އަނެއްކާވެސް އެ ރަށް މޮނީޓާރިންގއަށް ލިއެވެ. ގިނަ ދުވަސްތަކަކަށް ފަހު ހުޅުވާލިތާ 4 ދުވަސް ފަހުން އޮގަސްޓު 1 ގައި އެރަށް މޮނީޓަރިންގ ހާލަތަށް ގެނައީ ގއ ކޫއްޑޫގައި މަސައްކަތްކުރާ މުވައްޒިފެއް އެރަށުގައި ހުއްޓާ ފައްސިވުމާއި އެކުގައި އެވެ. އެމީހާ ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ގޮސް ޓެސްޓް ހެދުމުންނެވެ.
މިއާއި އެކު އެރަށް ބަންދުކޮށް އެރަށުގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ގއ އަތޮޅު ހޮސްޕިޓަލުން ވަނީ ކޮށްފައި އެވެ. އަދި އެރަށް މިއަދު ހުޅުވާލާފައިވަނީ އެރަށުން ގިނަ ރެންޑަމް ސާމްޕަލްތަކެއް ނެގުމަށްފަހުގައި އެވެ.






