Close

ޖެންޑަރ މިނިސްޓަރ، އައްޑޫ ސިޓީ ފުލުހުންނާއި ބައްދަލު ކުރައްވައިފި

މިނިސްޓަރ އޮފް ޖެންޑރ، ފަމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ، އައްޑޫ ސިޓީ ފުލުހުންނާއި ބައްދަލު ކުރައްވައިފިއެވެ.

އައްޑޫ ސިޓީ އަށް މިނިސްޓަރ ކުރެއްވި ޒިޔާރަތުގެ ތެރެއިން ބައްދަލު ކުރައްވާފައިވަނީ ސައުތު ޕޮލިސް ދިވިޜަން ކޮމާންޑަރާއި އައްޑޫސިޓީ ޕޮލިސް އިންޗާޖުންނާ އެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަންގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ގާނޫނާ ހިލާފުވާ ކުޑަކުދިންނާއި އަނިޔާލިބޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ވާހަކަ ދެކެވިފައި ވެއެވެ. މީގެ އިތުރުން ފުލުހުންނާއި ޖެެންޑަރ މިނިސްޓްރީއާއި ގުޅިގެން މަސައްކަތްތަކެއް ކުރާނެ ހާއްސަ ދާއިރަތަކެއް ކަނޑައަޅުއްވާފައިވެއެވެ.

އެގޮތުން އަނިޔާލިބޭ ކުދިންނާއި ކުށުގެ ވެށީގައި އުޅޭ ކުދިން ދެނެގަނެ އެކުދިންގެ ސަލާމަތާއި ރައްކާތެރިަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވާހަކަ ދެކެވިފާވެއެވެ.

އަދި ކުޑަކުދިން ކުށުގެ ވެށިން ދުރުހެލިކުރުވައި މުޖުތަމައުއަށް އަނބުރާ ގެނައުމަށް ފެމިލީ އެންޑް ޗިލްރެން ސަރވިސް ސެންޓަރާއި ފުލުހުން ހިމެނޭ ގޮތަށް ކުޑަކުދިންނަށާއި އާއިލާތަކަށް ހާއްސަކޮށް ހޭލުންތެރިކުރުވުމުގެ މަސައްކަތްތަައް ކުރުމަށް މަޝްވަރާކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top