Close

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަޑަވެލި ކައުންސިލާއި، ސަލަފާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ގދ.މަޑަވެލި ކައުންސިލާއި، ޖަމްޢިއްޔަތުއްސަލަފާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 

މި ކަމާއި ބެހޭ ގޮތުން ޖަމިއްޔަތުއް ސަލަފުން ބުނެފައިވަނީ މި އީ މަޑަވެލީގައި ދީނީ ހޭލުންތެެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތަކާއި، ހަރަކާތްތައް ހިންގުމުގައި ދެ ފަރާތުން އެއްބާރުލުން ދިނުމުގެ މަތިވެރި މަޤްސަދުގައި ޤާއިމުކުރި އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި ސަލަފުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ދަޢުވާ ކޯޑިނޭޓަރު އައްޝައިޚް މުޖުތަބާ ޙަމީދެވެ. މަޑަވެލީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ފިޔާޟް ޙަސަން އެވެ.

މި އެއްބަސްވުން ދެމި އޮންނާނީ މިއަދުން ފެށިގެން މީލާދީ ގޮތުން 4 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި އެއްބަސްވުމުގެ ދަށުން ސަލަފުން ވަނީ މަޑަވެލީ ކައުންސިލަށް މައިގަނޑު ތިންކަމެއް ކޮށްދިނުމަށް އެއްބަސްވެފައެވެ.

އެއީ މަޑަވެލީގައި ދީނީ ދަރުސްތައް ބޭއްވުމުގައި ޖަމްޢިއްޔާގެ ދީނީ ޢިލްމުވެރިން ޖަމްޢިއްޔާގެތެރޭގައި ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެ ރަށަށް ފޮނުވައި ދިނުމާއި، މަޑަވެލީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ވޯކްޝޮޕްތައް ބޭއްވުމާއި، މަޑަވެލީ ކައުންސިލުން އެދިއްޖެ ހާލަތެއްގައި ޝަރްޢީ އަދި ދީނީ ގޮތުން ދޭންޖެހޭ ލަފާ ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top