ގދ. ތިނަދޫ ފުރަބަންދު ކޮށްފި އެވެ.
އެރަށުން އިއްޔެ ފައްސިވެފައިވަނީ ތިނަދޫ ސްކޫލުގެ ގްރޭޑު 4 ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރެކެވެ.
އިއްޔެ ކުއްޖަކު ފައްސިވިއިރު، އޭގެ ކުރީދުވަހުވެސް އިތުރު 2 މީހަކު ވަނީ އެރަށުން ކޮވިޑަށް ފައްސިވެފައިވެ އެވެ.
އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން ވަނީ މަަނާކޮށްފައެވެ.






