ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ބަންދުގައި ބަހައްޓައިގެން ސިވިލްކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ފުލުހުން ހޯދަމުންދަނީ ގދ. ގައްދޫ / ތިބްރޯޒްގެ، މުޙައްމަދު ޢަރީފް (41އ) އެވެ.
ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ މުޙައްމަދު ޢަރީފް 2021 އޮގަސްޓް 23 ވަނަ ދުވަހުގެ 12:10 އަށް އެކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް ވަނީ އަމުރުކޮށްފައެވެ.
އެހެންކަމުން މުޙައްމަދު ޢަރީފުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.






