"ދެކުނު ދަކުޑަޓަރު"ގެ ނަމުން މަޝްހޫރުވެފައިވާ ބޭސްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުގެ ބައްޕާފުޅު، މުހައަމަދު އިބްރާހިމް އަވަހާރައްޖެ އެވެ.
ދެކުނުގެ އަތޮޅުތަކުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ބޭސްވެރިޔާ، ފުވައްމުލަކު ސިޓީގެ މާލެގަމު އަަވަށު މުހައްމަދު އިބްރާހިމް އަވަހާރަވީ ކުއްލި ގޮތަކަށް މިއަދު ހެނދުނު 10:00 ޖެހި އިރު ރަށުގައި އޭނާގެ ގޭގަ އެވެ.
މުހައަމަދުއޭބެ އަވަހާރަވި އިރު އުމުރުފުޅަކީ 83 އަހަރެވެ. އަވަހާރަވި އިރު މެންބަރު ހުސައިން އާއެކު 8 ބޭފުޅުން އޭނާގެ ތިއްބަވަ އެވެ. އަދި އަނބިކަނބަލުން ދުނިޔޭގައި އެބަ އިންނެވި އެވެ.
މުހައްމަދުއޭބޭ އަކީ އެެތެރެހަށީގެ ބަލިތަކާއި ހާއްސަކޮށް ރުއްގަލު ބޭހުގައި ރާއްޖޭގައި އުފެދުނު އެންމެ އިތުބާރު ބޮޑު އެއް ބޭސްވެރިޔާ އެވެ.
މެންބަރު ހުސައިންގެ ބައްޕާފުޅުގެ މައްޗަށް ކަށުނަމާދު ކުރުމާއި ޖަނާޒާ މިއަދު މަޣުރިބު ނަމާދަށްފަހު ބާއްވާނެ އެވެ.






