Close

ހައްދުންމަތީ ފޮނަދޫ ކައުންސިލާ އާޒިމް ބައްދަލުކުރައްވައިފި

ހައްދުންމަތީ ފޮނަދޫ ކައުންސިލާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ބައްދަލުކުރައްވައިފިއެވެ.

އާޒިމް ކައުންސިލްތަކާ ބައްދަލު ކުރެއްވީ އިއްޔެ ލާމު އަތޮޅަށް ކުރެއްވި ޒިޔާރަތުގައެވެ. އާޒިމް ވަނީ ކައުންސިލާ ބައްދައްލުކުރައްވައި، ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫއުގެމަސައްކަތް ކުރިއަށް ދާގޮތުގެ ތަފްސީލު އަރުވާފައެވެ.

މީގެ އިތުރުން އާޒިމް ވަނީ އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލައްވާފައެވެ. މި މަޝްރޫގެ ދަށުން މިހާރު ކުރިއަށްދަނީ ފުރަތަމަފިޔަވަހީގެ މަސައްކަތްތަކެވެ.

މި މަޝްރޫއުގެ ދަށުން، 27,848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް އިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ސްޕީޑް ބްރޭކަރުހަރުކުރުމާއި، 10,205 މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މިއީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top