މެލޭޝިއާގެ އާ ބޮޑުވަޒީރަކަށް، އިސްތިއުފާ ދެއްވި، މުހުޔިއްދީން ޔާސީންގެ ނާއިބަކަށް ހުންނެވި، އިސްމާއިލް ސަބުރީ އައްޔަން ކުރައްވަން އެގައުމުގެ ރަސްގެފާނު ނިންމަވައިފިއެވެ.
ސަބުރީ ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވުމަށް ރަސްގެފާނު ނިންމެވުމާ ގުޅިގެން، 2018ވަނަ އަހަރު، ހައިރާން ކުރުވަނިވި ނަތީޖާއަކާއެކު ބަލިވި، އެގައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަމްނޯއަށް އަނެއްކާވެސް އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމް ކަށަވަރު ވެގެން ދާނެއެވެ.
އިސްމާއިލް ސަބުރީއަކީ، ކޯލިޝަންގެ އެތެރޭގެ ކޯޅުން ބޮޑުވެ، މަގާމާ ހަވާލުވިތާ އެންމެ 18 މަސްދުވަސް ވީތަނާކަހަލަ ގޮތަކަށް މަގާމުން އިސްތިއުފާދެއްވި، މުހުޔިއްދީން ޔާސީންގެ ސަރުކާރުގަ ބޮޑުވަޒީރުގެ ނާއިބު ކަމުގެ މަގާމްގައި ހުންނެވި ބޭފުޅާއެވެ.






