ލ. މާމެންދޫގައި ވެކްސިން ނުޖަހާ ފަރާތްތަކުގެ މައުލޫމާތު ހޯދަން ފަށައިފި އެވެ.
އެރަށު ސިއްހީ މަރުކަޒުން މައުލޫމާތު ދިންގޮތުގައި އެރަށުގައި ދިރިއުޅޭ ރަށުގެ މީހުން އާއި ރަށުން ބޭރު މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެރަށު ކައުންސިލާއި ހެލްތު ސެންޓަރުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެރަށު ގޭގެއަށް ގޮސް މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދެއްވަމުން ބުނެފައިވެ އެވެ.
މީގެ އިތުރުން ހެލްތު ސެންޓަރުން މައުލޫމާތު ދެމުން ބުނެފައިވަނީ މި ކުރަމުންދާ މަސައްކަތުގައި ރަށުގެ ހުރިހާ އެންމެންވެސް އެހީތެރިވެ އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އާމާޒަކީ މާމެންދޫ އާކީ 100 އިންސައްތަ އާބާދީ ވެކްސިން ފުރިހަމަ ކުރުން ކަމަށްބވެސް ހެލްތު ސެންޓަރުން ބުނެފައިވެ އެވެ.






