Close

ކޮރެލް ގާޑަން: ގެމަނަފުށި ޒުވާނުންގެ ހުނަރުވެރި މަސައްކަތެއް!

ގއ. ގެމަނަފުށި ޒުވާނުން އެރަށުގެ ރީތިކަން އިޝްތިހާރު ކުރުމަށް މިފަހަރު ކަނޑުއަޑީގައި ''ގެމަނަފުށި" އަޅާލީ އިނގިރޭސި ބަހުންނެވެ.

"ކޮރެލް ގާޑަން"ގެ ނަމުން ނަންދީފައިވާ މިހިތްގައިމު މަންޒަރަކީ ގެމަނަފުށި ސަންރައިޒް ބީޗް ރީފް އާދިމާލުން މޫދު އަޑީގައި ހަަދާލާފައިވާ ޑައިވިން ޕޮއިންޓެކެވެ. މީގެ ކުރިންވެސް ގެމަނަފުށި ޒުވާނުންވަނީ އެރަށުގެ ރީތިކަން ދައްކުވައިދޭ ތަފާތު ހިތްގައިމު މާހައުލުތައް ހަދާފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ މޫދު އަޑީގައި އެލުވާފައިވާ އުނދޯއްޔެކެވެ.

ގެމަނަފުށީގެ ޒުވާނުންގެ މަސައްކަތްތައް މިހާރު ބޮޑަށް އަމާޒު ކޮށްފައިވަނީ ކަނޑުއަޑީގެ މަންޒަރުތަކަށް ވުމުން، ސްނޯރކްލިންއަށް ލޯބިކުރާ ފަރާތްތަކަށް ގެމަނަފުށި ވާނީ ވަރަށް ހިތްގައިމު މަންޒިލަކަށްކަން ޔަޤިީނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top