ގދ.. ފިޔޯރީގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ފިިޔޯރީ އެސޯސިއޭޝަން ފޯ ކޮމިޔުނިޓީ (އެފް.އޭ.ސީ.އީ) އިން، ބާވެ ހަލާކުވެފައިވާ މުސްހަފުތައް ރައްކާތެރިގޮތުގައި ނައްތާލުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އެގޮތުން ބާވެފައިވާ މުސްހަފުތައް ނައްތާލަން ބޭނުންވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް އެދި އެޖަމްޢިއްޔާއިން ވަނީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އިޢުލާނެއް ވެސް ނެރެފައެވެ.
މިއަދު މި ޕްރޮގްރާމް ފެށިގެން ގޮސްފައިވާއިރު ގޭބިސީތަކުންނާއި މިސްކިތްތަކުން 100 އާ ގާތްކުރާ އަދަދަކަށް މުސްހަފްތައް ނެރެ ރައްކާތެރިކަމާއިއެކު ނައްތާލެވިފައިވާ ކަމަށް އެޖަމްޢިއްޔާއިން ބުނެފައިވެއެވެ.

މިހަރަކާތުގައި ބައިވެރިވެ އެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް އެޖަމްޢިއްޔާގެ ފަރާތުން ވަނީ ޝުކުރު ދަންނަވާފައެވެ.







1 ކޮމެންޓް
މާލޭގަވެސް ބާވެހަލާކުވެފައިވާ މުސްހަފްތަށް ނައްތާލާނެ ނިޒާމެއް އިސްލާމިކް މިނިސްޓްރީން ހަމަޖަށްސަވާނެނަމަ ކިހާރަނގަޅުވީސް