Close

ދުވާލަކަށް އެވްރެޖްކޮށް 30 މީހުން ޑޮކްޓަރަށް ދައްކަމުންދާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފި

ދުވާލަކަށް އެވްރެޖްކޮށް 30 މީހުން ޑޮކްޓަރަށް ދައްކަމުންދާކަމަށް ފުވައްމުލަކު ހޮސްޕިޓަލްއިން ބުނެފި އެވެ.

އެ ހޮސްޕިޓަލުގެ ފަރާތުން ވާހަކަ ދައްކަވަމުން ޚަދީޖާ ވިދާޅުވީ ދުވާލެއްގެ މައްޗަށް 30 އާ ގާތްކުރާ އަދަދަކަށް މީހުން ޑޮކްޓަރަށް ދައްކަން ދިޔުމަކީ ރަށުތެރޭގައި ކޮވިޑް ފެތުރިގެންދާ ކަމުގެ އަލާމާތެއް ކަމަށާއި ކުޑަކުދިންނަށް ބަލި ޖެހޭ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކުދިންނަކީ ވެކްސިން ނުޖެހޭ އުމުރުފުރައިގެ ކުދިންނަށް ވުމުން ބައެއް ކުދިންނަށް މިބަލީގައި ވަރަށް ބޮޑުވަރު ވަމުންދާކަމަށް ވެސް އެހޮސްޕިޓަލުގެ ފަރާތުން ބުނެފާވެ އެވެ.

މިހާލަތާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑިރެކްޓަރު އަލީ މަސީހު ވިދާޅުވީ ކާފިއު ގަޑިއެއްގެ ގޮތުގައި މިހާރުވެސް ކަނޑައަޅާފައިވާނީ ކުރިއެކޭވެސް އެއްގޮތަށް ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 ޖަހަންދެން ކަމަށެވެ. މިގޮތުން ސްކޫލްތަކުގައި ކިޔަވައިދީ ފިހާރަތަށް ހުޅުވި ނަމަވެސް ކާފިއުގަޑިއަށް އެތަންތަންވެސް ބަންދު ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މީގެއިތުރުން ރޭގަނޑު 9 ފެށިގެން މެންދަމު 12 ޖަހަންދެން ޑެލިވަރީ އަދި ޓޭކަވޭ ޚިދުމަތް ދެވޭނެކަމަށާ މި ގަޑީގައި ޑެލިވަރީ ޚިދުމަތް ދެވޭނީ ފާސް ލިބިގެން ކަމަށް މަސީހު ވިދާޅުވިއެވެ. މި ފާސް ދޫކުރާނީ ފުވައްމުލައް ޕޮލިސް ސްޓޭޝަނުން ނެވެ.

ޑިރެކްޓަރ މަސީހު އިތުރަށް ވިދާޅުވީ ކެފޭ ހޮޓާ ތަކުގައި ޚިދުމަތް ދެވޭނީ އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިނާއި އެއްގޮތަށް ކަމަށާއި ކަސްރަތު ކުރާ ޖިމްތަކުންވެސް އަމަލް ކުރަން ޖެހެނީ އެޗްޕީއޭގެ ގައިޑްލައިންނާއި އެއްގޮތަށް ކަމަށެވެ. ރޭގަނޑު 9 ޖަހަން ދެން ޖިމްތަށް ހުޅުވިފައި ހުންނާނެ ކަމަށް ވިދާޅުވަމުން މަސީހު އިތުރަށް ވިދާޅުވީ ޖިމަށް ދާއިރު ދާން ޖެހޭނީ މާސްކު އަޅައިގެންނކަމަށެވެ. އަދި ޓާސްކްފޯސްއާއި ފުލުހުުުން ބައިވެރިވެގެން ރެންޑަމްކޮށް ވިޔަފާރި ކުރާ ތަންތަނަށް ޒިޔާރަތް ކުރަމުންދާނެ ކަމަށާއި މިކުރާ ޒިޔާރަތުގައި އެފަރާތްތަކުން ޚިދުމަތްތަށް ދެމުންދަނީ ގައިޑްލައިނާ އެއްގޮތަށްތޯ ބަލަމުންދާނެކަމަށްވެސް މަސީހު ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top