ގދ. މަޑަވެލި މުޖުތަމަޢު ތެރެއިން ކޮވިޑް-19ގެ ޕޮސިޓިވް ކޭސްތަކެއް ފެނި އެރަށް ފުރަބަންދު ކޮށްފި އެވެ.
މިގޮތުން މަޑަވެލި ފުރަބަންދު ކޮށްފައިވަނީ، ކާޑެއްދޫ އެއާޕޯޓުން ފައްސިވި ފަރާތެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ގޮތުގައި ފާހަގަ ކުރެވުނު ފަރާތްތަކެއް ފައްސިވުމާއި ގުޅިގެން ނެވެ.
މަޑަވެލި ސިއްހީ މަރުކަޒުގެ މެނޭޖަރ ހުޝާމް ހާޝިމް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެރަށުން ފުރަތަމަ ފައްސިވި ފަރާތަކީ ކާޑެއްދޫ ކޭސްގެ ކޮންޓެކްޓެއްކަން އިނގުނު ހިސާބުން އެމީހާ ވާނީ ކަރަންޓީނު ކުރެވިފައި ކަމަށެވެ. އަދި ބައެއް އަލާމާތްތަށް ފެންނަން ފެށުމުން މިހާރު ވަނީ އެފަރާތުގެ ސާމްޕަލް ނެގިފައި ކަމަށްވެސް ހުޝާމް ވިދާޅުވި އެވެ.






