Close

ގއ އަތޮޅުގެ ރަށްތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހުރި ކަންބޮޑުވުންތަށް މިނިސްޓަރ ނަސީމާއި ހިއްސާކުރައްވައިފި

ގއ އަތޮޅުގެ ރަށްތަކުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހުރި ކަންބޮޑުވުންތަށް ގއ އަތޮޅު ކައުންސިލްގެ ރައީސް ޢިބްރާހިމް ޝަހީން, ހެލްތް މިނިސްޓަރ އަހްމަދު ނަސީމްއާއި ހިއްސާކުރައްވައިފި އެވެ

ޝަހީން ހެލްތް މިނިސްޓަރާއި ބައްދަލުކުރެއްވީ އިއްޔެ ވަގުތެއްގައި އެ މިނިސްޓްރީގައި އެވެ. މި ބައްދަލުވުމުގައި ގއ އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން އެ ކައުންސިލްގެ ޒިންމާދާރުވެރިޔާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިނިސްޓްރީގެ ފަރާތުން މިނިސްޓަރުގެ އަރިހުގައި އެމިނިސްޓްރީގެ ސްޓޭޓް އަހުމަދު އާދިލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ގއ އަތޮޅު ހޮސްޕިޓަލާއި އަތޮޅުގެ އެހެން ރަށްރަށުގައި ހުރި ސިއްހީ މަރުޒަކުތަކުގެ ހާލަތު މިނިސްޓަރާއި ވަނީ ހިއްސާކުރައްވާފައި އެވެ. އަދި މީގެ އިތުރުން އަތޮޅުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޝަކުވާތަށް ވެސް ވަނީ މިނިސްޓަރާއި ހިއްސާކުރައްވާފައި އެވެ.

 

މީގެ އިތުރުން އެއަތޮޅުގެ ސިއްހީ ނިޒާމު އިތުރަށް ތަރައްޤީކުރުމާއި އަތޮޅު ކައުންސިލުން މިނިސްޓްރީއަށް ދެވޭނެ އެހީތެރިކަމާއިމެދު ވަނީ މަޝްވަރާކުރެވިފައި އެވެ.

ގއ އަތޮޅު ރައީސް މާލެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި ބައްދަލުކުރަމަށް ވަނީ ހަމަޖެހިފައި އެވެ. އެގޮތުން އިއްޔެ ވަނީ އެންވަރަންމެންޓް މިނިސްޓްރާއި ބައްދަލުކޮށް ތިމާވެއްޓާއި ގުޅުން ހުރިހާ ދާއިރާތަކުގެ ކަންބޮޑުވުންތަށް އެ މިނިސްޓްރީގެ މިނިސްޓަރާއި ހިއްސާކުރައްވާފައި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top