Close

ގދ. އަތޮޅު ކޮވިޑް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެ

ގދ. އަތޮޅު ކޮވިޑް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނިޔާވެފައިވަނީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ނިޔާވީ މިއަދު އިރު އޮއްސި 6:30 ހާއިރު ކަމަށެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 226 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތަށް ބަލާއިރު މޭ މަހު ހަތަރު ވަނަ ރާޅެއް ބިންދާލައި އެ ރާޅުން އަރައިގަނެވިފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެގޮތުން މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދު ވެސް 50ން ދަށުގައި އުޅޭއިރު، މުޅި ޖުމްލަ 200 ކޭސް ވެސް ދުވާލަކު ރާއްޖެއިން ހަމަނުވެއެވެ. އޭގެ ތެރެއިން މާލެ އަށް ވުރެ އަތޮޅުތެރެއިން ފެންނަ ކޭސްތަކުގެ އަދަދު ގިނައެވެ.

ޖުމްލަ 80،000 ވުރެ ގިނަ މީހުންނަށް މުޅި ރާއްޖެއިން މިބަލި ޖެހިފައިވާއިރު މިހާރު ފަރުވާ ހޯދަމުން ދަނީ 1،607 މީހުންނެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބީ 11 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top