Close

އައްޑޫ ސިޓީގައި ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 އަށް ކާފިއު ހިންގަނީ

އައްޑޫ ސިޓީގައި ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 އަށް ކާފިއު ހިންގުމަށް ނިންމައިފި އެވެ.

އައްޑޫގައި ކާފިއު ހިންގުމަށް ނިންމާފައިވަނީ ކޮވިޑް-19 ގެ ކޭސްތައް ގިނަ އަދަދަކަށް ފެނުމާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނީޓަރިން ހާލަތަށް ގެނައުމާ ގުޅިގެންނެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކާފިއު ވަގުތުގައި ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކާއި ގާޑިޔާތަކުން ހިދުމަތް ދިނުން މަނާވާނެ ކަމަށާއި ނަމަވެސް ހާއްސަ ހުއްދަތަކެއް ލިބިގެން ރޭގަނޑު 12 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.

ކާފިއު ހިންގުމުގެ އިތުރުން އައްޑޫގެ ސްކޫލްތައް 2 ހަފްތާ އަށް ބަންދުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ޕާޓީތަކާއި ޖަލްސާތައް ވެސް މި ދުވަސްވަރު ބޭއްވުން ވަނީ މަނާކޮށްފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނީޓަރިން ހާލަތަށް ގެނެސްފައިވާއިރު މިއަދުވެސް އައްޑޫ އިން ވަނީ އިތުރު 18 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އޭގެތެރޭގައި ހިމެނެނީ 12 ޑައިރެކްޓް ކޮންޓެކްޓުންނާއި، 5 ފްލޫ ސާމްޕަލް އާއި 1 ރެންޑަމް ސާމްޕަލް އެވެ. މި ކޭސްތަކުގެ ތެރެއިން 11 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށްވާއިރު 7 ކޭސް ފެނިފައިވަނީ ހިތަދޫންނެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 81 ކޭސް އުޅޭއިރު، ހިތަދޫގައި 36 ކޭސް، ފޭދޫގައި އެކްޓިވް 19 ކޭސް، މަރަދޫފޭދޫގައި 28 ކޭސް އަދި ހުޅުދޫ އާއި ގަމުގައި އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 153 އަށް އަރާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top